- Advertisement -ad image

ބަލިފެތުރުން ކޮޅެއްގައި ނުޖެހެނީސް ކާނިވާ މިރޭ ފަށަން އިމްރާން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލޭގައި ހަލުވިކަމާއެކު ބޭރަށް ހިންގުމާއި ހޮޑު ރޯގާ ފެތުރޭތީ ފަސްކުރި މިނިވަން އުފާ ކާނިވާ މިރޭ ފަށާނެ ކަމަށް ހޯމް މިނިސްޓް ބުނެފިއެވެ.
މިކަން އިއުލާނުކޮށް އެމިނިސްޓްރީން ބުނީ މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ 08:00 ގައި ހުޅުމާލެ ސެންޓްރަލް ޕާރކްގައި އޮންނާނެ ކަމަށެވެ. އަދި މިނިވަން ދުވަހުގެ ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30-6:00 އަށް ސެންޓްރަލް ޕާރކްގައި ކުރިއަށްދާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

ހުކުރު ދުވަހުން ފެށިގެން މާލެ ސިޓީގައި ބޭރަށް ހިންގުމާއި ހޮޑުލުން އާދަޔާ ހިލާފަށް ފެތުރި ހޮސްޕިޓަލްތަކުގެ އިމަރޖެންސީއަށް ގިނަ ބަޔަކު ދައްކާފައިވެއެވެ.
އެޗްޕީއޭއިން ބުނީ މިފަދަ ބަލިމަޑުކަމެއް ފެތުރުނީ ވައިރަސްއެއްގެ ސަބަބުން ކަމަށާއި އެއީ ކާއެއްޗެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ