- Advertisement -ad image

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ ޖަމީލް ހަމަޖައްސަވައިފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ހަމަޖައްސައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޔާމީންގެ ރަނިންމޭޓަކަށް ޖަމީލް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޖަމީލަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ހީނާ ފޮނުއްވި ކުރު މެސެޖްގައި ވިދާޅުވެފައިވެއެވެ.

ޖަމީލަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމުގައި އެމަނިކުފާނު ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ސޮއިކުރައްވާފައި ވާއިރު ފޯމް ހުށަހަޅުއްވާނީ ޖަމީލް ރަނިންމޭޓެއްގެ ގޮތުގައި ހިމަނައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ