- Advertisement -ad image

މިއަދު މިފެންނަނީ ރައީސް ސާލިހަށް ދިވެހި ރައްޔިތުން ބިރަކަށް ވެގެން އުޅުއްވާތަން: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


މިއަދު މިފެންނަނީ ރައީސް ސާލިހަށް ދިވެހި ރައްޔިތުން ބިރަކަށް ވެގެން އުޅުއްވާތަން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިފަދައިން ވިދާޅުވީ ރައީސް ސާލިހު ފުވައްމުލަކަށް ވަޑައިގަންނެވިއިރު ގިނަ އަދަދެއްގެ ސިފައިން ބަޑި ހިފައިގެން ރަށުތެރޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވަމުންނެވެ.
އެގޮތުން ޝިޔާމު ވިދާޅުވީ މިއީ ރައީސް ޔާމިން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ކެންޕެއިން ކުރެއްވި އިރު ޖޯކު ޖެހި މީހުން ކަމަށެވެ. އަދި މިއަދު މިފެންނަނީ ރައީސް ސޯލިހަށް ދިވެހި ރައްޔިތުން ބިރަކަށް ވެގެން އުޅުއްވާތަން ކަމަށާއި ރަށްރަށަށް އަރަންވީމާ ރައްޔިތުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ ހައްޔަރަށް ލަނީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.


ރައީސް ޔާމިން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ކެންޕެއިން ކުރެއްވި އިރު އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ މީހުން ޖޯކު ޖެހީ ރައީސް ޔާމީންގެ ސެކިއުރިޓީން ގޮތުގައި ފުލުހުން ހަރަކާތްތެރިވާތީ އެކަމަށެވެ. އެހެންނަމަވެސް މިއަދު މިފެންނަނީ ރައީސް ޔާމީނަށް ފުލުހުން ސެކިއުރިޓީ ދޭން ޖެހުނު މިންވަރާ އަޅާބަލާއިރު އޭގެ އެތައް ގުނައެއް އިތުރުކޮށް ރައްޔިތުން ހައްޔަރުކުރާ މަންޒަރެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ