- Advertisement -ad image

މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތުވެސް ރައީސް ޔާމީނަށް ނުދިން!

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވާން އެމަނިކުފާނަށް ފުރުސަތު ނުދިނުމުން އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު މަނިކެ އަވަހާރަވެފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ. އެ ކަމަނާ އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނީ އެކޯލިޝަންގެ ލީޑަރު ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވި ޚަބަރު އެ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތަމާއާއި އަސަރާއެކުގައި ކަމަށެވެ.
އެގޮތުން މަރްހޫމާގެ ފުރާނަފުޅަށް ރަޙުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް ދުއާ ކުރަމުން ޕީޕީއެމްއިން ބުނީ ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މިސަރުކާރުގެ އަނިޔާވެރިކަމުގައި ޙައްޤު ނޫން ޙުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ