- Advertisement -ad image

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ކެންޑިޑެސީ ފޯމް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒަށް ވަޑައިގެންނެވިއިރު އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ރަނިންމޭޓް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު އެވެ.
ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވިއިރު އެމަނިކުފާނު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވުމުގެ ކުރިން ރައީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައި އޮތް މައްސަލަ ނިމޭނެ ކަމަށް ކުރިން އެމަނިކުފާނުގެ ސަޕޯޓަރުން އުއްމީދު ކުރި ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރެއްގެ ޗުއްޓީގެ ސަބަބުން އިސްތިއުނާފީ މައްސަލައަށް ވަނީ ހުރަސް އެޅިފައެވެ.
ރައީސް ޔާމީނުގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ދަރުބާރުގެއަށް ވަނީ ޖަމާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ