- Advertisement -ad image

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނާއި ހިލާފަށް: ކުރީގެ އުއްތަމަ ފަނޑިޔާރު

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް މި ނިންމުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މިއަދު ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގަންނަން ނިންމާފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނު އަސާސީން ކަނޑައަޅައިފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށްކަމާ މެދު އެއްވެސް ޝައްކެއްނެތް ކަމަށެވެ.
އަދި އެ ކެންޑިޑަސީ ޤަބޫލުނުކުރުމަށް އިލެކްޝަންސް އިން ނިންމި ސަބަބަކީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުޠު ފުރިހަމަ ނުވުންކަމަށް ބުނެފައިވާއިރު، އެމާއްދާގެ އެ އަކުރުގައި ބުނެފައިވާ ޖިނާއީ ޙުކުމަކީ ތަންފީޒީ ބާރު ލިބިގެންވާ Executable ޙުކުމެެއް ގެ ވާހަކަ ކަން ބުނެވުނު 109 ވަނަ މާއްދާގެ (ޅ) އަށް އެއްކޮށް ބެލުމުން އެނގޭ ކަމަށްވެސް ޑރ ދީދީ ވިދާޅުވިއެވެ.
“ ޖިނާއީ ޙުކުމަކަށް ތަންފީޒީ ބާރު ލިބޭނީ އެ ޙުކުމެއް ނިހާއީ ޙުކުމަކަށް ވެގެން؛ ޙުކުމެއް ނިހާއީ ޙުކުމަކަށް ވާނީ ޢާންމު އުޞޫލެއްގެ ގޮތުން، އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތުން އެ ޙައްޤު ޞަރީޙަކޮށް ދޫކޮށްލުން، ނުވަތަ އިސްތިއުނާފު ކުރުމުގެ މުއްދަތުގައި އިސްތިއުނާފު ނުކުރުން، ނުވަތަ އިސްތިއުނާފުގެ ޝަރްޢީ އެންމެހައި މަރްޙަލާތައް ޙުކުމަށް ތާއީދުކޮށްގެން ނިމުން “ ކުރީގެ އުއްތަމަ ފަނޑިޔާރު ލިޔުއްވާފައިވެއެވެ.


މިކަން މިހެން އޮތް އިރު އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީން ތަންފީޒުކުރަމުންދާ ޙުކުމެއް އޮތްކަމަށް އެ ބުނާ ޙުކުމަކީ ޙަޤީޤަތުގައި އިސްތިއުނާފުކުރުމުގެ ސަބަބުބް ތަންފީޒު ކުރުން ޤާނޫނީގޮތުން ހުއްޓިފައިވާ ޙުކުމެއް، ޝަރްޢީ ނިޒާމުން ރައީސް ޔާމީން ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޙުކުމް ތަންފީޒުކުރާ ޖަލެއްގައި ބަންދުގައި ބެހެއްޓުމަކީ، އެއީ ތަންފީޒުކުރަމުންދާ ޙުކުމެއްކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ