- Advertisement -ad image

ރައީސް ޔާމީނުގެ ކެންޑިޑެސީ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ފަތިހުގެ ވަގުތެއްގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ހާމަކުރެއްވީ ރައީސް ޔާމީންގެ ރަނިން މޭޓް އަދި އެމަނިކުފާނުގެ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ. ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ހައްޤަށް ނަސްރު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އަންގާރަ ދުވަހުއެވެ. އަދި ހަމަ އެދުވަހު އެ ކޮމިޝަނުން ވަނީ ރައީސް ޔާމީނުގެ ޝަރުތުތައް ހަމަނުވާކަމަށް ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ