- Advertisement -ad image

މޭޔަރު މުއިއްޒަށް މަރުގެ އިންޒާރުދީ ބިރުދެއްކާ މެސެޖުތަކެއް ކޮށްފައިވާތީ އިދިކޮޅުން އެކަން ކުށްވެރިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދީ ބިރު ދެއްކި މައްސަލަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް ކާކުކަން ނޭނގޭ ރާއްޖެއިން ބޭރުގެ ނަންބަރަކުން މެސެޖްކޮށް މުއިއްޒަށް ހަމަލާދޭނެކަމަށް ބުނެ ބިރުދައްކާ މަރުގެ އިންޒާރު ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެފަދަ ނާހުޒީބު ދަށު ދަރަޖައިގެ ފިނޑި އަމަލުތަކުން އެ ކޯލިޝަން ލީޑާޝިޕްގައި ބައިބައި ކުރެވިދާނެ ކަމަށް ހީކުރުމަކީ އެކަން ކުރާ ބަޔަކަށް ކުރެވޭ ކުށްހީއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެ ކޯލިޝަންގެ ލީޑާޝިޕް ވެސް އަދި ސެނެޓްވެސް މަސައްކަތް ކުރާނީ އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ލީޑަރު ޕީޕީއެމްގެ ރައީސް، ޔާމީނަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ