- Advertisement -ad image

މާދަމާ ތިނެއްގެ ކުރިން ސްޕްރީމް ކޯޓަށް ޖަވާބުދާރީ ވާނަން: އީސީ

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައިގައި މާދަމާ 3 ގެ ކުރިން ޖަވާބުދާރީ ވާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމް އިއްޔެ އީސީ އަށް ހުށަހެޅުއްވީ އެމަނިކުފާނުގެ އިންތިހާބީ އެޖެންޓް އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލެވެ. އެ ފޯމާ ހަވާލުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. އެ ފޯމް ހުށަހެޅިތާ 24 ގަޑިއިރު ނުވަނީސް، ރައީސް ޔާމީނު އިންތިހާބުގައި ވާދަކުރައްވަން ޝަރުތު ހަމަނުވާ ކަމަށްބުނެ ކޮމިޝަނުން ބޭރުކޮށްލައިފައެވެ.

އެކަމާއި ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ރޭ ފަތިހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ މިއަދު އެކޯޓުން ވަނީ އެމައްސަލައިގައި ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް, އިސްމާއީލް ހަބީބު ވިދާޅުވީ, ރައީސް ޔާމީންްގެ ކެންޑިޑެސީ އާ ގުޅޭ ގޮތުން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޮމިޝަނުން މާދަމާ މެންދުރުފަހު 3:00 ގެ ކުރިން ފޯމުން ޖަވާބު ފޮނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ