- Advertisement -ad image

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުން މިއަދު ހަވީރު 4 ޖަހާއިރު

ad image

ގުޅުންހުރި ލިޔުންތައް


ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ މިއަދު ހަވީރު 4 ޖަހާއިރު އޮންނަ މަޝްވަރާ މަޖިލީހުގައި ކަމަށް އެޕާޓީން ބުނެފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން މިއަދު މެންދުރުފަހު 2 ގެ ކުރިން ޕާޓީގެ ރައީސްއަށް އެޑްރެސްކޮށް ޝައުގުވެރިކަން ފާޅުކުރާކަން ބަޔާންކުރާ ލިޔުމެއް ޕާޓީއަށް ފޮނުވުމަށް އެދޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމީ ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން މިއަދު އެގޮތަށް ނިންމުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ