- Advertisement -ad image

މޭޔަރު މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވަައިފި

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމްގެ ނައިބް ރައިސްކަމުގެ މަގާމުގައި ހުންނެވި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީ އަށް ސޮއި ކުރަައްވައިފިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓަކު ނެރުމަށް ޕީއެންސީގެ މަޝްވަރާ މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައއެޅުން އޮންނަނީ މިއަދު ހަވީރު 4 ޖަހާއިރު އޮންނަ އެޕާޓީގެ މަޝްވަރާ މަޖިލީހުގައެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން މިއަދު މެންދުރުފަހު 2 ގެ ކުރިން ޕާޓީގެ ރައީސްއަށް އެޑްރެސްކޮށް ޝައުގުވެރިކަން ފާޅުކުރާކަން ބަޔާންކުރާ ލިޔުމެއް ޕާޓީއަށް ފޮނުވުމަށް އެދޭ ކަމަށެވެ.
މޭޔަރު މުއިއްޒު ޕީއެންސީއަށް ސޮއިކުރައްވާފައި މިވަނީ ޕީއެންސީގެ ރިޔާސީ ޕުރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ