- Advertisement -ad image

ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ސިޔާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ހުށަހެޅި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ހުކުރު ދުވަހުގެ 14:30 ގައި ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލު ކުރެވިފައި ކަމަށެވެ.

ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ އޮގަސްޓު 1 ގަ އެވެ. ހަމަ އެދުވަހު އީސީން ވަނީ ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމާފަ އެވެ. ސަބަބެއްކަމަށް އީސީން ބުނެފައިވަނީ އެމަނިކުފާނަކީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތަކަށް ވުމެވެ.
އެފަހުން ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އީސީގެ ނިންމުން ސުޕްރިމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވުމަށް އަންގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ