- Advertisement -ad image

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަނީ ޑރ މުއިއްޒާއި އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރިމަތިލައްވައިފިއެވެ.
ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވަން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯލިޝަންގެ ކެންޑިޑޭޓެއް ނެރުމަށެވެ.
ޓިކެޓަށް ވާދަކުރެއްވުމަށް މިއަދު ހުޅުވާލި ފުރުސަތު ހަމަވީ މެންދުރު ދެއެއް ޖެހުމާ ހަމައަށެވެ. ވަގުތު ހަމަވިއިރު ޕީއެންސީގެ ޓިކެޓަށް ކުރިމަތިލާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ މިއަދު ހަވީރު 4 ޖަހާއިރު އޮންނަ މަޝްވަރާ މަޖިލީހުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ