- Advertisement -ad image

ރައީސް ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުން ފަށައިފި، މިރެއާ ހަމައަށް ކުރިއަށް ގެންދާނެ

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ޝަރީއަތް މިރެ އާއި ހަމައަށް ކުރިއަށްގެންދަން އުއްތަމަ ފަނޑިޔާރު ނިންމަވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ހުށަހެޅި ކެންޑިޑެސީ އިލެކްޝަންކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށާފައި ވަނީ މިއަދު މެންދުރު ފަހު 15:45 އެހާކަންހާއިރުއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ އަޑުއެހުން އިރު އޮއްސި ހައެއް ޖެހުމާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށާއި އޭގެ ފަހު ދެން އަޑު އެހުން ފަށާނީ މަޣުރިބު ނަމާދުވަގުތަށް ފަހު 6:45 ގައި ކަމަށެވެ.
އަދި 7:30 ގައި ބްރޭކެއް ނަންގަވާނެ ކަމަށާއި ބްރޭކަށް ފަހު ޝަރީއަތް ފައްޓަވާނީ 8:00 ޖަހާއިރު ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމުން ކަމަށްބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ