- Advertisement -ad image

ޖިނާއީ ހުކުމަކުން ކަނޑައަޅާ ޖޫރިމަނާޔަކީ ސާބިތު ދަރަންޏެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ad image

ގުޅުންހުރި ލިޔުންތައް


ޖިނާއީ ޙުކުމަކުން ކަނޑައަޅާ ޖުރިމާނާޔަކީ ސާބިތު ދަރަންޏެއް ކަމަށް ނުބެލެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.
ޑރ ދީދީ މިހެން ވިދާޅުވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސައިގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރި ހުކުމާއެކު، އެމަނިކުފާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖިނާއީ ޙުކުމަކުން ކަނޑައަޅާ ޖުރިމާނާޔަކީ ޢުޤޫބާތުގެ ވައްތަރެއް، އެއީ މާލީ ޢުޤޫބާތެއް، ޘާބިތު ދަރަންޏެއް ނޫން ކަމަށެވެ.
“ އެއަާ ޚިލާފަށް ޘާބިތު ދަރަނި ގުޅިފައިވަނީ ކޮންޓްރެކްޓަކުން ނުވަތަ އެނޫންވެސް މަދަނީ މުޢާމަލާތަކުން އުފެދޭ މާލީ އިލްތިޒާމުތަކާ، އެއީ އެއްވެސް ޙާލެއްގައި ޖިނާއީ ކުށަކާ ގުޅޭ އެއްޗެެއް ނޫން “ ޑރ ދީދީ ވިދާޅުވިއެވެ.


އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެކަމަކު، އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިތާ އަށް ގަޑިއިރު ނުވަނީސް އެ ކޮމިޝަނުން ވަނީ ފޯމް ބޭރުކޮށްލައިފައެވެ. އެހެންވެ، އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ކޯޓަކުން ކުރާ ހުކުމަކީ ހުކުމެއްނޫން. ޝަރީއަތުންކުރާ ހުކުމަކީ ތަންފީޒް ކުރަންޖެހޭ އެއްޗެއްނޫން. މިހެންދޯތިބުނަނީ

  2. މީނާއަކީ ރައީސްޔާމީން ސަރުކާރު ބަލިކަށިކުރަން 1 ފެބްރުވަރީ ހުކުމް ކުރުމުގަ ބައިވެރިވެ މަގާމްގެ ދަހިވެތި ކަމުގަ ހުކުމް ބަދަލުކުރަންވެސް ސޮއިކުރި މީހެއް. ޢަނެއްކާވެސް މަގާމް ލިބޭތޯ ހޭރިޔާ ކުރަނީ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ