- Advertisement -ad image

ސިނަމާލެ ބްރިޖު ހައިވޭއަށް އުދަ އަރާ ގިނަ ބަޔަކަށް އަނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ އެކި ހިސާބުތަކާ ސިނަމާލެ ބްރިޖުގެ ހައިވޭއަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފިއެވެ.
އުދައާއެކު ބޮޑެތި ރާޅުތައް ބޮޑު ތަކުރުފާނު މަގަށް އަރަން ފަށާފައިވާއިރު ރާޅާއެކު ބޮޑެތި ގާތަށްވެސް މަގަށް ވަނީ އަރާފައެވެ.

އުދައިގެ ސަބަބުން މަޖީދީމަގާ ހަމައަށްވެސް ރާޅު އަރާފައިވެއެވެ.

މާލެއަށް ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ އިރު ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް އުދައަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.
މެޓުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 3:30 އިން ފެށިގެން އިރު އޮއްސި 6:30 އާ ހަމައަށެވެ.

އުދަ އަރާނެ ކަމަށް ލަފާކޮށް އެ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށެވެ.

މީގެއިތުރުން މެޓުން ބުނީ މިއަދުގެ އިރު އޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށިގެންވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ