- Advertisement -ad image

ޕީޕީއެމުން އެހެންގޮތަކަށް ވިސްނާނީ ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް މެދުވެރިވުމުން އެކަނި!

ad image

ގުޅުންހުރި ލިޔުންތައް

ޕްލޭން ބީ ނުވަތަ ސީ އަކާމެދު ވިސްނާނީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެއްވޭނެ ޙާލަތެއް މެދުވެރިވުމުން އެކަނި ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމްގެ ފަރާތުން ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ ކަމަށެވެ.
އަދި ދިވެހިރާއްޖޭގައި މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ކަމަށް ވެސް އެޕާޓީން ބުނާ ބުނުން ތަކުރާރު ކުރިއެވެ.
“ ޕީޕީއެމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަދަޚުލުވެ ވަކާލާތު ކުރަމުން މިދަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑަސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނުބައިކޮށް ތަތުބީޤުކޮށްގެން ކަމާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑަސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޢަމަރުކޮށްދިނުމަށެވެ. ހަމައެއާއެކު، ޕީޕީއެމްގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ގެއްލޭނަމަ، ޕީޕީއެމަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުޞަތު ލިބިދިނުމަށެ” ޕީޕީއެމްގެ ބަޔާން

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ