- Advertisement -ad image

84 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


84 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެ ކަމަށެވެ. އަދި އޭގެ ތެރެއިން25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.


މިއަހަރު ގްރޭޑް 1 ގައި 7000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަން ފަށާއިރު އޭގެ ތެރެއިން (5 އޮގަސްޓް 2023 ގެ ނިޔަލަށް) މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް 2491 ދަރިވަރުން ވަނީ އެންރޯލް ކޮށްފައެވެ. ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތާއި އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިއަހަރު ސަރުކާރު ސްކޫލްތަކުގައި ދިވެހި 6516 މުދައްރިސުންނާއި 1843 ބިދޭސީ މުވައްޒަފުން މަސައްކަތްކުރާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ