- Advertisement -ad image

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް ކުރާ އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.
މިއަދުގެ އަޑުއެހުން ފައްޓަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ދާނީ ކޮންމެ ފަނޑިޔާރެއްގެވެސް ރައުޔު ހުށަހެޅުން ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ރައުޔު ހުށަހަޅުއްވަމުން ގެންދަވަނީ ފަނޑިޔާރު ހުސްނު ސުއޫދުއެވެ.


ސުއޫދު ވިދާޅުވީ ސާބިތު ދަރަންޏެއް އޮތުމުން ކުރީގެ ރައީސް، ޔާމީން އަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކެންޑިޑެސީ ފޯމް ވަނީ ބަލައިނުގަތުމަށް ނިންމާފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ