- Advertisement -ad image

މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަދުވެސް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް ލަފާކޮށްފައިވާތި، މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

‏ފުލުހުން ބުނީ މި ވަގުތުތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރަން އެދޭ ކަމަށެވެ.
އޭގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްކާތެރިކަމަށް އިސްކަންދެއްވާ، މާލެ އާއި ހުޅުލެ ނުވަތަ ހުޅުމާލެ އާ ދެމެދު ޒަރޫރީ ދަތުރުތައްވެސް ކުރައްވާއިރު، ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީ ހިދުމަތް ހިޔާރު ކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
އަދި ދިމާވާ ހާލަތެއްގެ ސަބަބުން، އެހީތެރިވެދީ، ޓްރެފިކް ޑައިވަރޓް ކުރަންޖެހިއްޖެ ނަމަ އެކަން ކުރުމަށްޓަކައި ފުލުހުންގެ އޮފިސަރުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ