- Advertisement -ad image

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޑރ މުއިއްޒު ފޯމު ހުށަހަޅުއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ފޯމު ހުށަހަޅުއްވައިފިއެވެ.
މުއިއްޒު އާއި އެކު ޕީއެންސީ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު، އަބްދުއްރަހީމް އަބްދުﷲ ވެސް އިލެކްޝަންސް ކޮމިޝަނަށް ވަނީ ވަޑައިގެންފައެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަރުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އޭޖެންޓް މުހައްމަދު ތޮލާލް ވެސް އީސީއަށް ވަޑައިގެންނެވިއެވެ.
މީގެ ކުރިން ޕީޕީއެމްގައި ހުންނެވި މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވާފައިވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެނޑިޑޭޓެއް ނެރުމަށް ނިންމާފައިވާތީއެވެ.

މިމަހުގެ 3 ވަނަ ދުވަހު މުއިއްޒު ޕީއެންސީއަށް ސޮއި ކުރެއްވުމާއި އެކީ ވަނީ ސެނެޓް ބައްދަލުވުމެއް ބާއްވައި ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވާފައެވެ. އެ އިންތިހާބުގައި ވާދަ ކުރައްވާފައިވަނީ މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

ވޯޓުގައި 48 ސެނެޓަރުން ބައިވެރިވެވަޑައިގެންފައިވާއިރު، މުއިއްޒު އަށް ލިބުނީ 25 ވޯޓެވެ. މުއިއްޒު އާއި ވާދަ ކުރެއްވި އާދަމް ޝަރީފް އަށް ލިބުނީ 23 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ