- Advertisement -ad image

ވެރިކަމާއި ހަވާލުވާ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ކުރައްވާނެ ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ކެމްޕެއިން ޓީމާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މުއިއްޒު ދެއްކެވި ވާހަކަތަކުގެ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯގައި ޑރ. މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުވުމާއެކު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ގޮވާލައްވާނީ ރައީސް ޔާމީން މިހާރުން މިހާރަށް ގެއަށް ގެންނަން ކަމަށެވެ.
“ ފަހަރެއްގައި އަދި ދެވަނަ ބުރަކަށް ދަންޏާ ދެވަނަ ބުރުގައި އަޅުގަނޑުމެންނަށް ކާމިޔާބުވެ، ފުރަތަމަ ޕޯޑިއަމް އަށް އަރާ ފުރަތަމަ ދައްކާނެ ވާހަކައަކީވެސް މިހާރުގެ ރައީސަށް އަޅުގަނޑު ގޮވާލާނަން މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ގެންނަން” މުއިއްޒު ވިދާޅުވިއެވެ.

އަދި އެ ސިޔާސީ ބާރުވެރިކަމާއި އެކީގައި އެ ދުވަހު އެ މަސައްކަތް އެއަށްވުރެ ބާރަށް ކުރައްވާނެ ކަަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ