- Advertisement -ad image

ނުހައްގުން ޖަލުގެ ތޭރިތަކުގައި ދުވަސްތައް ހޭދަކުރައްވަމުން އެގެންދަވަނީ ދިވެހިންގެ ހިތްތަކުގެ ބާނީ: ޝުޖާއު

ad image

ގުޅުންހުރި ލިޔުންތައް


ނުހައްގުން ޖަލުގެ ތޭރިތަކުގައި ދުވަސްތައް ހޭދަކުރައްވަމުން އެގެންދަވަނީ ދިވެހިންގެ ހިތްތަކުގެ ބާނީ އަދި އެތައްހާސް ރައްޔިތުންގެ އުންމީދު ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މިއަދުވެސް ހައިކޯޓަށް ގޮސްފައިވެއެވެ.
ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާއިލާ އާއި ވަކިން ޖަލެެއްގައި މިގޮތައް އެކަނި އޮތުމަކީ ވަރަށްވެސް ހިތްދަތި ކަމެއް ކަމަށާއި ދިވެހި ތާރީހުގައި އިންސާފު ނުލިބި،އަނިޔާވެރިކަމުގައި ދުވަސްތައް ހޭދަކުރި ރަސްކަލެއް،ވަޒީރެއް،ވެރިއެއް ރައީސް ޔާމީނު ނޫނީ ނުވާ ކަމަށެވެ..
އަދި ރައީސް ޔާމީން ޖަލަށްލީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކޮށްފާނެތީ ކަމަށާއި މިހާރު އެފުރުޞަތުވެސް ގެއްލުވާލާފި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
‏” އަޅުގަނޑާއި އެތައްހާސް ރައީސް ޔާމީންގެ ސަޕޯޓަރުންގެ އާދޭހަކީ ރައީސް ޔާމީންގެ މައްސަލަތައް ކޯޓުތަކުން އަވަހަށް ނިންމުމެވެ.އަދި ކޯޓުތަކުން އިންސާފު ލިބެންދެން އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމެވެ “ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ މި މައްސަލައާއި ދޭތެރޭ ދިވެހި ދަޢުލަތުން ވިސްނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ