- Advertisement -ad image

ޝުޖާ، އާޒިމަށް: އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ އަގުވައްޓާލަން ނޫޅި ރިވެތި ކެމްޕެއިން ކުރައްވާ!

ad image

ގުޅުންހުރި ލިޔުންތައް


ސިޔާސީ ޕާޓީތަކުން ރިވެތި ކެންޕެއިން ކުރުމަކީ އެދޭގޮތް ކަމަށާއި އެންޓި ކެންޕެއިން ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓާއި ގުޅުވައިގެން އަލީ އާޒިމު ކުރައްވާފައިވާ ދޮގު ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ މެމްބަރު އާޒިމު ޑރ މުއިއްޒަށް ކުރެއްވީ އަސްލެއްނެތް ދޮގު ތުހުމަތެއް ކަމަށާއި މިއީ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ މުއިއްޒުގެ އަގުވައްޓާލުމަށް ރޭވިގެން ހިންގާ ކަންކަން ކަމަށެވެ.
“ ހުރިހާ ސިޔާސީ ޕާޓީތަކުން ރިވެތި ކެންޕެއިން ކުރުމަކީ އަޅުގަނޑުމެން އެދޭ ގޮތް. އެންޓި ކެންޕެއިން ކުރުމަކީ ވަރަށް ހުތުރު ކަމެއް. އެކަން ކުރަން އަޅުގަނޑުމެން މާމޮޅުވާނެ” ޝުޖާއު ވިދާޅުވިއެވެ.


ކައުންސިލަރ ޝުޖާއު އިތުރަށް ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް މިކުރަނީ އިބޫ ނޫންގޮތެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށާއި ވީމާ އިބޫ ނޫން ގޮތެއް ހޯދުމަށް މަސައްކަތް ކުރާ ހުރިހާ ޕާޓީތަކުން ”ކައިރި ނުވެވޭވަރަށް ދުރުނުވުމަށް“ ނަސޭހަތްތެރިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ