- Advertisement -ad image

ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ރައީސް ޔާމީން ހުރިހުރުން ނިމުމަކަށް ގެންނާނީ ސިޔާސީގޮތުން ބާރު ހޯދައިގެން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް

ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ރައީސް ޔާމީން ހައްޔަރުކޮށްފައި ހުރިހުރުން ނިމުމަކަށް ގެންނާނީ ސިޔާސީ ގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ބާރު ހޯދައިގެން ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން އިދިކޮޅު ކޯލިޝަނަށް ބާރުވެރިކަން ހޯދުމުގެ މަސައްކަތްކުރާނީ ރައީސް ޔާމީނު ދެކެ ލޯބިވާ ސަޕޯޓަރުންނާއި އާއްމު ރައްޔިތުން ކަމަށެވެ.
އަދި މިކަމުގައި ޕީޕީއެމް/ޕީއެންސީގެ ސަފުތައް އޮތީ ބަދަހިކޮށް ކަމަށާއި ދެޕާޓީގެ ލީޑަރޝިޕުގައި އެއްވެސް ހިޔާލު ތަފާތުވުމެއް މިކަމުގައި ނެތް ކަމަށްވެސް މާލެ ސިޓީގެ މޭޔަރުގެ ގޮތުގައި ހުންނެވި ޑރ މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ ރިޔާސީ ޓިކެޓެއް ރައްޔިތުން އެރުވި ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީން އަކީ މިގައުމުގެ ހުރި މައްސަލަތަކާއި ކުރިމަތި ލުމަށް އެންމެ ރަނގަޅު ދިވެހިންގެ ކެންޑިޑޭޓް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެހެން ނަމަވެސް މިސަރުކާރުން އެމަނިކުފާނާ މެދު އަނިޔާވެރިވެ ސިޔާސީ ކުއްވެރިޔެއްގެ ގޮތުގައި ޖަލުގައި ގެންގުޅޭތާ 1000 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

އެމަނިކުފާނަށް އިންސާފު ހޯދުމަށް އެކި އެކި މަސައްކަތްތައް އިދިކޮޅި ޕީޕީއެމް ކޯލިޝަނުން ކުރި ނަމަވެސް އެމަނިކުފާނާމެދު މިސަރުކާރުން ވަރަށް އިހާނެތި ކޮށް ކަންކަން ކުރަމުންދާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ