- Advertisement -ad image

މުއާޒު، ނަޝީދުއަށް: އެމްޑީޕީން ޖުޑީޝަރީއަށް އަތާއި ފައި ނުބޭނި ނަމަ ރައީސް ޔާމީން ހުންނަވާނީ މިނިވަންކަންމަތީ!

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން މަސައްކަތް ކުރެވޭނީ ދަ ޑިމޮކްރަޓްސްއަށް ކަމަށް ނަޝީދު ވިދާޅުވުމުން ކުރީގެ މަޑަވެލި ދާއިރާގެ މެންބަރު މުއާޒު އެކަމަށް ރައްދު ދެއްވައިފިއެވެ.
މުއާޒު ވިދާޅުވީ ނަޝީދު މަސައްކަތް ކުރަނީ ފިތުނަ އުފައްދަން ކަމަށެވެ.

އަދި ރައީސް ޔާމީނަށް އަނިޔާ ދެމުން ދިޔައިރު ހުރިހާ ބާރެއް އޮވެމެ ނަޝީދު ހުންނެވީ އަތްޖައްސަވަން ކަމަށް މުއާޒު ވިދާޅުވިއެވެ.

‏” މަނިކުފާނާއި އެމްޑީޕީން ޖުޑީޝަރީއަށް އަތާއި ފައި ނުބޭނި ނަމަ ރައީސް ޔާމީން ހުންނަވާނީ މިނިވަންކަންމަތީ “ މުއާޒު ވިދާޅުވިއެވެ.

https://twitter.com/muazmr/status/1690213386502676480?s=46&t=cIW0wMlGQhrk7id36HtP5A

‏ކުރީގެ މެންބަރު މުއާޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ދާދި އަވަހަށް މިނިވަންވެގެންދާނެ ކަމަށާއި ރައީސް ޔާމީންގެ ހައްގުގައި ދެންވެސް މަސައްކަތް ކުރާނީ ޕީޕީއެމްގެ މެންބަރުން ކަމަށެވެ.

ޑިމޮކްރަޓްސްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީން 5 އަހަރު ޖަލުގައި އެ ހުންނެވީ ޕީޕީއެމްގެ ލީޑަރޝިޕް އެގޮތަށް ބޭނުންވުމުން ކަމަށާއި ރައީސް ޔާމީން މިނިވަން ކުރަން މަސައްކަތް ކުރެވޭނީ އެމީހުންނަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ތީހަމަބޮޑުތެދެއް ހޭރަގަޅައް ަހައްޓާގެންތިބޭދެންވެސް ރަށްއިލޮށިން ކަދުރު ކާންދޭނަމޭ ބުއްޏަސް ނުހެއްލޭތި ކޮމްމެހެއްލުމަކީ ގެއްލުމެން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ