- Advertisement -ad image

ރައީސް ޔާމީނަށް ޖަލުގައި ކުރާ އަނިޔާ އާއި ދެކޮޅަށް ޒުވާނުން ސައިކަލު ބުރެއް ބާއްވަނީ

ad image

ގުޅުންހުރި ލިޔުންތައް


ނިމިގެންދިޔަ 1000 ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލުގައި ދިން އަނިޔާ އާއި ދެކޮޅަށް ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމުން ބުނީ މި ސައިކަލު ބުރު އޮންނާނީ މިއަދު ހަވީރު މާލޭގައި ކަމަށެވެ.
ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާ އާއި ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:00 ގައި ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1000 ދުވަސް ފުރިހަމަ ވާއިރު އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ހައިކޯޓުގައި އެދިފައި ވަނީ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދިނުމަށެވެ. ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެދުނު އެދުމަށް މާދަމާ ގޮތެއް ނިންމާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ