- Advertisement -ad image

މި ވެރިކަމުގައި ހިންގަން ފަށައި ކުރިއަށް ނުގޮސް މަޑުޖެހިފައިހުރި ތަރައްޤީގެ މަޝްރޫޢުތައް ނިންމާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މި ވެރިކަމުގައި ހިންގަން ފަށައި ކުރިއަށް ނުގޮސް މަޑުޖެހިފައިހުރި ތަރައްޤީގެ މަޝްރޫޢުތައް އެމަނިކުފާނުގެ ވެރިކަމެއްގައި ހިންގަވައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޢިއްޒު ދެއްވައިފިއެވެ.
ޑރ.މުޢިއްޒުގެ ކެމްޕެއިން ދަތުރުތައް ފެއްޓެވުމުގެ ގޮތުން ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ މިއަދު އެމަނިކުފާނާއި ޕީޕީއެމްގެ ލީޑާޝިޕުގެ ޓީމު ވަޑައިގަތީ ހދ.ހަނިމާދޫއަށެވެ.
ހަނިމާދޫ ރައްޔިތުން ފާހަގަކުރި ކަންކަމަށްފަހު، ވާހަކަދައްކަވަމުން އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޢިއްޒުވަނީ އެކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


އެގޮތުން އެރަށުގެ ރައްޔިތުން އެންމެ މުހިންމު ކަމެއްގެ ގޮތުން އެދިފައިވަނީ ވީހާވެސް އަވަހަކަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަންކޮށްދެއްވުމަށެވެ.
މީގެއިތުރުން ހަނިމާދޫގެ ރައްޔިތުން ވަނީ ހދ.ހަނިމާދޫގައި އިންޑިއާއިން ބޮޑު ލޯނެއް ނަގައިގެން ތަރައްޤީކުރަމުން އަންނަ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކީ ދިވެހި ސަރުކާރުގެ ދަށުގައި އޮންނަ އެއާޕޯޓެއްކަން ޔަގީންކޮށްދެއްވުމަށް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ