- Advertisement -ad image

ހުޅުމާލޭ ހޮސްޕިޓަލްގައި އެމަޖެންސީ ޙާލަތުގައި ފަރުވާދެމުންދިޔަ ޤައިދީއެއް ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ބ. ތުޅާދޫ ބޯދި އިސްމާޢީލް އަބޫބަކުރު (55 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނީ އަބޫބަކުރުގެ މެޔަށް ތަދެއްއަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައިވާ ކަމަށެވެ. އަދި އިސްމާޢީލް އަބޫބަކުރުގެ ޙާލަތު އިތުރަށް ގޯސްވެ، އެމެޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުންދިޔަ ކަމަށާއި އަދި ޑޮކްޓަރ ވަނީ ގާތްގަނޑަކަށް 3:25 ގައި އޭނާގެ ހިތްހުއްޓިގެން ނިޔާވިކަމަށް މަޢުލޫމާތު ދީފައިވާ ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.

އިސްމާޢީލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. އަދި މީނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫން ކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ހާމަކުރެއެވެ.

އިސްމާޢީލް އަބޫބަކުރު ނިޔާވުމާ ގުޅިގެން އެ ސަރވިސަސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ