- Advertisement -ad image

ކޮންމެ ރަށަކުންވެސް ޑރ މުއިއްޒުއަށް ހޫނު މަރުހަބާއެއް!

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ހއ ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއަދު ހެނދުނު ހޯރަފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ވާހަކަދައްކަވަމުން ޑރ.މުޢިއްޒުވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރި މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި އާބާދީއަށް ބަލައިގެން ތަފާތުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ތަރައްޤީއާއި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކޮށްގެންނުވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.


ހޯރަފުށީގައި ބިން ހިއްކައި އެބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގައި ވަޒީފާގެ ފުރުސަތު ލިބޭނެ އިތުރު މަޝްރޫޢުތައް ހިންގަވާނެކަމުގެ ޔަގީންކަން ޑރ މުއިއްޒު ދެއްވިއެވެ.
އެގޮތުން އަލަށް ހިއްކާ ބިމުގައި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި މަޝްރޫޢުތައް ހިންގަވާނެ ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ