- Advertisement -ad image

ގުރައިދޫގައި ރީނދޫ ޓީޝާރޓުލައިގެން ތިބި ބަޔަކު ހަމަނުޖެހުން ހިންގައިފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާފު އަތޮޅު ގުރައިދޫއަށް ވަޑައިގަންނަވާތީ އެއްވެތިބި ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރެއަށް ވަދެ ރީނދޫ ޓީޝާރޓްލައިގެން ތިބި ބަޔަކު މާރާމާރީ ހިންގައިފިއެވެ.
މި މާރާމާރީ ހިންގި ވަގުތު އެ ރަށުގައި ތިބީ ހަތް ވަރަކަށް ފުލުހުން ކަމަށް މައުލާމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ދަތުރު ކުރެއްވި ލޯންޗް ގުރައިދޫ ބަނދަރާއި ކައިރި ކުރިވަގުތު އެމްޑީޕީ ސަޕޯޓަރުން ވަނީ ލޯންޗަށް އަރައިގަނެ ބައެއް މީހުންނަށް ހަމަލާދީފައެވެ. އެމްޑީޕީ ސަޕޯޓަރުން އެހަމަލާ ދޭން ފެށުމާއެކީ ޕީޕީއެމް ސަޕޯޓަރުން ވަނީ ސާޖިދާ މުހައްމަދަށް ހިމާޔަތްދީ ރައްކާތެރި ހިސާބަކަށް ގެންގޮސްފައި ކަމަށްވެސް މައުލޫމާތުލިބެއެވެ.
ފުލުހުން ބުނީ ކ ގުރައިދޫގައި ދެބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ