- Advertisement -ad image

ގުރައިދޫ އިން ވެސް ޑރ މުއިއްޒުއަށް ހޫނު މަރުހަބާއެއް!

ad image

ގުޅުންހުރި ލިޔުންތައް

ކ ގުރައިދޫ އިން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ގުރައިދޫގައި އެމްޑީޕީ ސަޕޯޓަރުން ނިކުމެ ހަމަނުޖެހުން ހިންގާފައި ވަނިކޮށް ވެސް ޑރ މުއިއްޒު އެ ރަށަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ކިޔުމަށް ބަނދަރަށް ނިކުމެފައެވެ.

ބޮޑުބެރުގެ ފޯރިއާއެކު، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ގޮވަމުން ދިޔައީ އެއް ބުރުން މުއިއްޒު ހޮވާނެ ކަމެވެ. އަދި ޔާމީނަށްޓަކައި ވެސް މުއިއްޒު ހޮވަން ތައްޔާރަށް ތިބި ކަމަށް އެމީހުން ބުނެފައިވެއެވެ.


ޑރ މުއިއްޒުގެ މިދަތުރުފުޅުގައި މިރޭ ގުރައިދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވާނެއެވެ.

މިރޭގެ މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 21:00 ޖަހާއިރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ