- Advertisement -ad image

އަތޮޅުތެރޭގެ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުށީގައި ހުޅުވާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މާލެއިން ބޭރުގައި އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭ ރަށަކަށް މާފުށީ ހައްދަވާނެކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ފަތުވެރިކަން ފުޅާވަމުން އަންނަ ހިސާބުތަކަށް، އެކަމުގައި ކުރިއަށްދެވޭނެ ފަސޭހަ މަގުތައް ފަހިކޮށްދޭންޖެހޭކަމަށެވެ.
އެގޮތުން މާފުއްޓަކީ މީހުން ދިރިއުޅޭ ރަށެއްގައި، އެންމެ ބޮޑަށް ބޭރު ފަސާގެ މުޢާމަލާތް ހިނގާ ތަންކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ ޑޮލަރުގެ މުޢާމަލާތްކުރެވޭނެ ފަސޭހަ ގޮތެއް އޮންނަންޖެހޭކަމަށެވެ.
އެހެންކަމުން ޑރ މުއިއްޒުގެ ވެރިކަމެއްގައި އަތޮޅުތެރޭގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށާނެ ކަމަށާއި އެންމެ ފުރަތަމަ ޑޮލަރު ނެގޭ އޭޓީއެމް ބަހައްޓާނީ ކ މާފުށީގައި ކަމަށެވެ.
“މާފުށީގައި އެންމެ ބޮޑަށް މުޢާމަލާތްކުރެވެނީ ބޭރު ފަސާއިން. އެހެންވީމަ އެކަމަށް މަގުފަހިވާންޖެހޭ. މާފުށީ ހަދާނަން ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓާ ރަށަކަށް.” މުޢިއްޒު ވިދާޅުވިއެވެ.
އަދި މާފުށީގައި ފެރީ ޓާރމިނަލް އެއް ޤާއިމުކުރުމަކީ ކުރާނެ ކަމެއް ކަމަށާއި އެ އިންވެސްޓްމަންޓުގެ ސަބަބުން ރަށަށް އިތުރު ކުރިއެރުން އަންނާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ