- Advertisement -ad image

ޑރ. މުއިއްޒު ރައީސް ޔާމީން މިނިވަންކުރައްވާނީ ޖުޑިޝިއަރީއަށް ނުފޫޒުފޯރުވުމަކާ ނުލާ: ތޮލާލް

ad image

ގުޅުންހުރި ލިޔުންތައް


ރައީސް އަބްދުﷲ ޔާމީން އެންޑޯޒްކޮށްދެއްވާފައިވާ ޕީޕީއެމްގެ ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން މިނިވަން ކުރާނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނެތި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޑރ.މުއިއްޒުގެ ސްޕޯކްސްޕާސަން މުހައްމަދު ތޮލާލް އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޔާމީން މިނިވަންކުރާނެ ވާހަކަ ޑރ. މުއއިްޒު ވިދާޅުވަމުން ގެންދަވާއިރު ހުކުމެއްގައި ހުރި މީހަކު ޖުޑިޝަރީއަސް ނުފޫޒު ނުފޯރުވާ މިނިވަންކުރާނެ ގޮތަކާއި މެދު ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ތޮލާލް ވިދާޅުވީ، ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމަކީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް އެނގޭނެ ފަދައިން ހައްގު ނޫން ހުކުމެއް ކަމާ އަދި އެމަނިކުފާނު ތަހައްމަދު ކުރައްވަމުން ދަނީ ބޭއިންސާފުން ކުރާ އނަިޔާތަކެއްކަން މުޅީ ޖުޑިޝަރީވެސް އިއްތިފާގުވާނެ ކަމަށެވެ.
އެހެންކަމުން ޖުޑިޝަރީއަށް އަތް ނުބާނާ އެމަނިކުފާނު މިނިވަންކުރެވޭނެ ކަމަށާ ޑރ. މުއިއްޒުވެސް ކޮންމެ ސްޕީޗެއްގައިވެސް ފާހަގަކުރައްވަނީ ގާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކުރައްވާނެކަމުގެ ޔަގީންކަން ވެސް ތޮލާލް ފާހަގަކުރެއްވިއެވެ.
“ޖުޑިޝަރީއަށް އަތް ނުބާނާ ވަރަށް ފަސޭހައިން މިކަން ކުރެވޭނެ. އަނެއްކޮޅުން ޑރ. މުއިއްޒުގެ ކޮންމެ ސްޕީޗެއްގައި ވެސް އެ ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަންކޮށްގެން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭނަމޭ.” ތޮލާލް ވިދާޅުވި އެވެ
ތޮލާލް މިފަދައިން ވިދާޅުވެފައިވާއިރު، ޑރ. މުއިއްޒުވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު އެންމެ ފުރަތަމަ ކަމަކަށް ކުރައްވާނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވާފައެވެ.
ހުކުމެއް ތަންފީޒުކުރަމުން ދާ ފަރާތެއް ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާ މިނިވަން ކުރެވޭނެ ގޮތެއް އޮންނާނެތޯ ނޫސްވެރިއަކު ސުވާލުކޮށްފައިވާއިރު، ޖަލުތަކާއި ޕެރޯލް ގާނޫނު، ގާނޫނު ނަމްބަރު 14/2013 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރާއެކު ހޯމް މިނިސްޓްރީގެ ގަވާއިދުތަކާ އެއްގޮތަށް ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް، ހުކުމް ތަންފީޒުކުރަމުން ދާ މީހުންގެ އަދަބު ލުއިކޮށްދީ މައާފުދެވޭނެ އުސޫލު ވަނީ ހަމަޖެހިފައިކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ