- Advertisement -ad image

ކެންޑިޑޭޓުން ވޯޓަރސް ލިސްޓްގައި ސޮއިކުރަން މާދަމާ ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބު 2023 ގެ ވޯޓަރސް ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރުން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލާމީހުންގެ ފައިނަލް ލިސްޓު ޕްރިންޓްކޮށް، ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން އޮގަސްޓު 25ން 27 އަށް ދަރުބާރުގޭގައި އޮންނާނެ ކަމަށެވެ.
އަދި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން 5 މަންދޫބަކަށް ސޮއި ކުރުމުގެ ފުރުޞަތު އޮތްކަން ކެންޑިޑޭޓުންނަށް މިހާރު ވަނީ އަންގާފައި ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
މި ލިސްޓަކީ ފައިނަލް ލިސްޓު ކަމަށްވާތީ، މި ލިސްޓަށް ޝަރުޢީ ކޯޓަކުން އަމުރު ކޮށްގެން ނޫންގޮތަކަށް ބަދަލެއް ނުގެނެވޭނެތީ، ޝަކުވާ އެއް އޮތްނަމަ އޮތީ ކޯޓު މަރުހަލާގެ ތެރެއިން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުންނާއި ޕާޓީތަކުން ވާދަކުރާ ފަސް ކެންޑިޑޭޓުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ