- Advertisement -ad image

އެމްޑީޕީގެ މެނިފެސްޓޯ: ގުޅިފައިވާ ގައުމުތަކާ އެކީ ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެގައުމެއްގެ ފައިސާއިން ކުރާގޮތަށް ހަމަޖައްސާނެ!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ އިގުތިސާދު ޑީޑޮލަރައިޒްކޮށް، ވިޔަފާރީގެގޮތުން ގުޅިފައިވާ ގައުމުތަކާ އެކީ ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެގައުމެއްގެ ފައިސާއިން ކުރާގޮތަށް ހަމަޖައްސަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ރޭ އިފްތިތާހު ކުރި އެމްޑީޕީގެ އިޤްތިސާދީ މެނިފެސްޓޯގައި، ވަކި ގައުމެއްގެ ނަން ނެތް ނަމަވެސް މިއީ ދިވެހިރާއްޖޭގައި އިންޑިއާ ރުޕީސް ބޭނުން ކުރަން މަގުފަހިވާނެ ފަދަ ސިޔާސަތެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ރާއްޖެއިން އެންމެ ގިނައިން ވިޔަފާރި ކުރާ ޤައުމުތަކުގެ ތެރެއިން ޑޮލަރުގެ ބަދަލުގައި އެ ޤައުމުގެ އަމިއްލަ ފައިސާ ބޭނުންކުރަން ބާރުއަޅާ، އަދި އެކަމަށް އެއްބަސްވާ ހަމައެކަނި ޤައުމަކީ އިންޑިޔާއެވެ.
އެގޮތުން މިހާރުވެސް އިންޑިއާ އިން ގެންދަނީ އަވަށްޓެރި ސްރީލަންކާގައި އިންޑިއާ ރުޕީސް ބޭނުން ކުރުމަށް ބައެއް ކަންކަން ކުރަމުންނެވެ.
“ދިޔަރެސް” ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ކުރާ ވިޔަފާރީގައި އިންޑިއާ ރުޕީސް ބޭނުން ކުރަން އިންޑިއާއިން ވަނީ ރާއްޖެއަށް ހުށަހަޅާފައެވެ. މިގޮތުން ރާއްޖޭގެ ރަސްމީ އެކްސްޗޭންޖު ރޭޓު ޑޮލަރަކަށް 25 ރުފިޔާއަށް ހަމަޖެއްސުމަށްފަހު، ދެން އިންޑިއާ އާއި އެކު ކުރާ ވިޔަފާރި ތަކުގައި ރުޕީސް ބޭނުން ކުރަން އިންޑިއާއިން ލަފާދީފައިވެއެވެ.

އިންޑިއާއިން އެދުނު ގޮތަށް ރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ދަށްކޮށްފިނަމަ ރުފިޔާ އަކަށް ލިބޭނީ 3 ރުޕީސްއެވެ. މިހާރު ރުފިޔާއަކަށް 5 ރުޕީސް ލިބެއެވެ. އެހެން ކަމުން އެގޮތަށް އަމަލުކުރުމުން ފައިދާވަނީ އިންޑިއާއަށް ކަމަށްވެސް ދިޔަރެސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ލީގަލް ޓެންޑަރގެ ގޮތުގައި އިންޑިއާ ރުޕީސް ގަބޫލު ކުރަނީ ނޭޕާލް އަދި ބޫޓާނުގައެވެ.
މި ދެ ޤައުމަކީ ވަރަށް ބޮޑަށް އިންޑިއާގެ ނުފޫޒުގެ ދަށުގައިވާ ދެ ޤައުމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މިވަގުތު ވެރިކަމުގަ މިތިބަ އިންޑިއާގެ އޭޖެންޓުންގެ ކިބައިން ސަލާމަތްވާން ލިބިފައި މިވާ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ މި ލޮބުވެތި ވަތަން ދިވެހިންގެ އަތުން ބީވެދާނެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ