- Advertisement -ad image

އިންޑިއާ ސަފީރުގެ ކާރު ސިފައިންގެ މައި މަރުކަޒަށް ވަންނަ ފޮޓޯއެއް އާންމުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މޫނޫ މަހާވަރުގެ ކާރު ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ މައި މަރުކަޒަށް ވަންނަ ފޮޓޯއެއް ސޯޝަލްމީޑިއާގައި އާންމުވެއްޖެއެވެ.
މިއަދު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯއިން ފެންނަނީ މޫނޫ މަހާވަރަށް ހާއްސަކޮށް އޮންނަ ކާރު ބަންޑާރަކޮށީގެ މައި ގޭޓުން ވަންނަ މަންޒަރެވެ.
މި ފޮޓޯ އާއްމުވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މީގެ ކުރިން ވަނީ އިންޑިއާ ސިފައިން ބަންޑާރަކޮށްޓަށް ވަންނަ ފޮޓޯއެއް އާންމުވެފައެވެ. ނަމަވެސް އިންޑިއާ ސަފީރު ބަންޑާރަކޮއްޓަށް ވަންނަ ފޮޓޯއެއް އާއްމުވެފައި މިވަނީ ފުރަތަމަ ފަހަރަށެވެ.
އެކަމަކު އިންޑިއާ ސަފީރު ވަރަށް ގިނައިން ރައީސް އޮފީހަށާއި ބަންޑާރަކޮއްޓަށް ވަންނަ ކަމަށް އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި ހަވާލާދީ ބައެއް މީޑިއާތަކުން މީގެކުރިންވެސް ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާ ސަފީރު ބަންޑާރަކޮއްޓަށް ވަންނަ ފޮޓޯ ޓުވިޓަރގައި ހިއްސާ ކުރައްވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް ޓޮމްވަނީ މި ސަބަބާހުރެ އެކަނިވެސް ރައީސް ސާލިހުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. މާރިޔާ ކުރާކަންތައްތައް ފަޅާއަރަނީ، މިވަރުންވެސް ބުނާނެ ނުވަދެއޭ، ނުވެސްވައްދަމޭ، ކިހާވަރަކަށް ވަނީމަބާ ވަންކަމަށްވާނީ، ފެންނަމުން ތިލަވަމުން މިދަނީ އިންޑިއާގެ ނުފޫޒުގާ މި ހަރާންކޯރުސަރުކާރު ބެދިފާވާމިންވަރު، މީކީ އަތްއުރާލައިގެން ބަލަންތިބޭވަރުގެ ކަންކަމެއް ނޫން، ވަރަށްވެސް ނުރައްކާކަންކަން މީ، މިގައުމު ދިވެހީންގެ އަތުން ބީވަނީ މި ރައިއްޔަތުންނޭ ގައުމުގެ ދިފާއުގާ ތެދުވޭ!!

  2. ކޮށީގަ އެއްވެސް ތަނެއް އެއްވެސް އެއްޗެއް މިކަލޭގެއަށް ސިއްރެއް ނުވާނެ . މިއީކީ ސިލްމާސަލާމަތެއް އޮތް ގައުމެއް ނޫން ހަރު އެއްޗެއް ހުއްޓަސް ފޮރުވުމުގެ ބޭނުމެއް ނެތް ތަންމިނަށް ދޮރުތައް ހުޅުވާއަޅާލާފަ . އެހެންވީމައެދައިތަ އެބުނީ އިންޑިޔާބޭނުން ނަމަ ގައުމު ހިފޭނެއޭ . އެވަނީ ދެން ކޮންއެއްޗަކަށް . މިނިވަން ގައުމަކަށް އަރާއެހެން ހިފޭތަ ؟ މިގައުމުގެ ސިލްމާ ސަލާމަތް އެއީ ޑިޕްލޮޓް ގެ އަމިއްލަ އެއްޗެއް ތަ ؟

  3. މިވަގުތު ވެރިކަމުގަ މިތިބަ އިންޑިއާގެ އޭޖެންޓުންގެ ކިބައިން ސަލާމަތްވާން ލިބިފައި މިވާ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ މި ލޮބުވެތި ވަތަން ދިވެހިންގެ އަތުން ބީވެދާނެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ