- Advertisement -ad image

ޓްރާސްޕޯޓް މިނިސްޓްރީން އަޅުގަނޑުމެންނާއި ދޭތެރޭ ކަންތައްކުރީ ވަރަށް އިހާނެތިކޮށް: ޓެކްސީ ޑްރައިވަރުން

ad image

ގުޅުންހުރި ލިޔުންތައް


މިސަރުކާރުން ހާއްސަކޮށް ޓުރާންސްޕޯޓު މިނިސްޓްރީ ތެރެއިން ޑްރައިވަރުންނާއިމެދު ޢަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށް ޓެކްސީ ޑުރައިވަރުން ބުނެފިއެވެ.
ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ޑްރައިވަރުންނަކީވެސް އެތައް ޢާއިލާއެއް ބަލަހައްޓަމުންދާ ޓެކްސީ ދުއްވައިގެން ލިބޭ ޢާމްދަނީން ދިރިއުޅޭ ބަޔަކަށްވާއިރު އެކަން މިނިސްޓްރީން ނުދެކުނު ކަމަށެވެ.
އަދި މިސަރުކާރުން ވެރިކަމަށް އައިއިރު ވައުދުވީ އެއްވެސް ކަމެއް ޑްރައިވަރުންނަށް ވެފައި ނުވާކަން ފާހަގަކުރިއެވެ.


ޓެކްސީ ޑުރައިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ ޕާކިން ބިލްޑިންގްސް އެޅުމާއި އިންޑަސްޓްރިއަލް ވިލެޖުގެ ޕްލޭނާ އެއްގޮތަށް އެތަން ތަރައްގީކުރުމުން މިހާރު މާލެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެން ދާނެކަމަށެވެ.
މިކަން ކަމުގެ އިތުރުން ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ޑްރައިވަރުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހުރިހާ ޕާކިން ވަޔޮލޭޝަންތަކާއި ހުރިހާ ޖޫރިމަނާއެއް އެއްކޮށް މާފުކޮށްދެއްވާނެކަމަށެވެ.


މުއިއްޒު ވިދާޅުވީ ޓެކްސީ ކުރުމަކީ ވަޒީފާއެއްގޮތަށް ކެޓަގަރައިޒްކޮށް ގާނޫނީ ހައިސިއްޔަތު ލިބޭ ރަސްމީ ގައުމީ ދަފްތަރެއް އެކުލަވާލުމުން ޓެކްސީ ޑްރައިވަރުންނަށް ބޭންކުތަކުން ލޯނު ނަގާ، ހައުސިން ފުރުސަތުގެ އިތުރުންވެސް އެކި ކަހަލަ ފުރުސަތުތައް ލިބިގެންދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ