- Advertisement -ad image

ސަރުކާރުގެ އެއްވެސް މަގާމެއް ސަލަފު ޖަމިއްޔާއަށް ދިނުމަށް އެއްވެސް މަޝްވަރާއެއް އަދި ޑީލެއްވެސް ނުހަދަން: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ސަލަފާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، ސަރުކާރުގެ އެއްވެސް މަގާމެއް އެ ޖަމިއްޔާއަށް ދިނުމަށް އެއްވެސް މަޝްވަރާއެއް އަދި އެއްވެސް ޑީލެއް ވެސް ހަދާފައި ނުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުރު ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ޑރ މުއިއްޒު ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީން ސަލަފު ޖަމިއްޔާ އާއި ގުޅުވައި ދައްކަނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދި އަދާލަތުން ވެސް ވަކިވީ ވަކި ހިސާބަކުން އެ ޕާޓީއިން ކުރިއަށްދާން ފެށި ގޮތް ކަމުނުދާތީ ކަމަށާއި އެއްވެސް ދީނީ ޖަމިއްޔާއަކާއި ގުޅުމެއް ނޯންނާނެ ކަމަށެވެ.
އެމްޑީޕީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޑިފެންސް މިނިސްޓަރ މާރިޔާ ގެންދަވަނީ ސަލަފު ޖަމިއްޔާ އާއި ޑރޱމުއިއްޒާއި ގުޅުވައި އެކި ތުހުމަތުތައް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ