- Advertisement -ad image

ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުންދޭ އެލަވަންސް މިހާރަށްވުރެ ދެގުނަ އިތުރުކޮށްދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުންދޭ އެލަވަންސް ދެ ގުނަ ބޮޑުކޮށްދޭން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް އެލަވަންސް ދިނުމަކީ މިހާރުވެސް ކުރާ ކަމެއް ކަމަށާއި ނަމަވެސް އެ އެލަވަންސް އެއަށްވުރެ ބޮޑު ކުރަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
“ ހާފިޒުންނަށް ސަރުކާރުންދޭ އެލަވަންސަކީ މިހާރަށްވުރެ ބޮޑުވާން ޖެހޭނެ އެއްޗެއް ކަމަށް އަޅުގަނޑު ގަބޡުލުކުރަން. އެހެންވީމާ މިހާރު މިދެވޭ އެލަވަންސް އިރާދަކުރެއްވިއްޔާ ދެގުނައަށް ބޮޑުކޮށްދޭނަން” މުއިއްޒު ވިދާޅުވިއެވެ.
ޑރ މުއިއްޒު ޤާއިމުކުރާ ސަރުކާރެއް ވާނީ ވަކި ޤައުމަކަށް ބުރަވެފައިވާ ޚާރިޖީ ސިޔާސަތެއް އޮންނަ ސަރުކާރަކަށް ނޫން ކަމަށާއިއެމަނިކުފާނުގެ ސިޔާސަތަކަށް ވާނީ ޤައުމު އިސްކުރާ، ހުރިހާ ޤައުމުތަކާއެކު ގާތްކަން ބާއްވާ ސިޔާސަތަކަށް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޔާ ރައްބު. އިބަ ރަސްކަލާނގެ އަށާ އިބަ ރަސްކަލާނގެ ދީނަށް އިޚްލާޞް ތެރި އަދި އިބަ ރަސްކަލާނގެ ނަބިއްޔާ ޞ.ޢ.ޥ އަށް ގަދަރުކުރާ އަޅަކު އަޅަމެންގެ މައްޗަށް ވެރިކުރައްވާފާނދޭވެ. އާމީން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ