- Advertisement -ad image

ރިޝްވަތު ދޭ މީހާއި އޭގައި ހިފާ މީހާއަށް ﷲ ލަޢުނަތް ލައްވައި އެކަލާނގެ ރަޙުމަތުން ބޭރުކުރައްވާ: ޝެއިހް މުހައްމަދު ލަތީފު

ad image

ގުޅުންހުރި ލިޔުންތައް


ދޭ މީހާއި އޭގައި ހިފާ މީހާއަށް ﷲ ލަޢުނަތް ލައްވައި އެކަލާނގެ ރަޙުމަތުން ބޭރުކުރައްވާނެ ކަމަށާއި އެއީ ބިރުވެތިވުން ހުރި ކަމެއް ކަމަށް ޝެއިހު މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ޝެއިހު ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓު ހޯދުމަށް ވަޒީފާތައް ދީ، ދޭން ބުނެ މާލީ އެހީތައް ފޯރުކޮށް ދިނުން ފަދަ ކަންކަމީ ދީނުގައި ޙަރާމްކުރައްވައި ބޮޑު ފާފައެއް ކަމުގައިވާ ރިޝްވަތު ކަމަށެވެ.
“ ރިޝްވަތު ދޭ މީހާއި އޭގައި ހިފާ މީހާއަށް ﷲ ލަޢުނަތް ލައްވައި އެކަލާނގެ ރަޙުމަތުން ބޭރުކުރައްވައެވެ. އެއީ ބިރުވެތިވުން ހުރި ކަމެއް “ ޝެއިހު ލަތީފު ވިދާޅުވިއެވެ.
ޝެއިހު ލަތީފު މިގޮތަށް ޓުވީޓު ކުރައްވާފައި މިވަނީ މިދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ކަމުން އެކި ގޮތްގޮތުން ރިޝްވަތުދީގެން ވޯޓު ހޯދުމުގެ މަސައްކަތް ބައެއް ކެންޑިޑޭޓުން ކުރަމުންދާ ކަމަށް ވާހަކަތައް ދެކެވެމުންދާއިރެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ