- Advertisement -ad image

ގދ އަތޮޅުގެ ރައްޔިތުންނަށް މުއިއްޒު ދެއްވީ ތަރައްގީގެ ޔަގީންކަން!

ad image

ގުޅުންހުރި ލިޔުންތައް


ގދ.އަތޮޅުގެ ރަށްތަކަކީ ތަރައްގީ ބޭނުންވާ ތަރައްގީ ކޮށްގެން ރައްޔިތުންނަށް ނުހަނު ފައިދާތައް ހޯދޭނެ ރަށްތަކެއް ހުރި އަތޮޅެއް ކަމަށާއި ފުރުސަތު ދެއްވައިފިނަމަ ގދ އަތޮޅުގެ ރަށްތަކަށް ތަރައްގީގެ ބަހާރު މޫސުން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓޔ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑރ މުއިއްޒު މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ ގައްދޫ އަށެވެ.
ގައްދޫ އަށް ވަޑައިގެން ޑރ މުއިއްޒު ވިދާޅުވީ ޒަމާނުއްސުރެ ގައްދޫ ރައްޔިތުން ބޭނުންކުރަމުން އައި ގައްދޫ ގަން އަނބުރާ ގައްދޫ ރައްޔިތުންނަށް ދެއްވާނެ ކަމަށާއި، އެ ރަށުން ގައްދޫ އަދި މުޅި އަތޮޅުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަން ބައްޓަންކުރައްވާނެ ކަމުގައެވެ.

“އެ ރަށުން މި އަތޮޅާއި މި ރަށުގެ ރައްޔިތުންނަށް ވިޔަފާރިކުރިއަރުވަން ކުރާ އުންމީދުތައް ހާސިލުކުރުން ހަގީގަތަކަށްވާ ތަނެއްކަމުގައިވާނެ. އެތަންވާނީ މުޅި އަތޮޅަށް އިޤުތިޞާދީ ނަފާކުރާ ތަނަކަށް. އެއީ މިފަދަ ރަށްތަކަށް ބޭނުންވެފައި އޮތްކަމަކީ. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ފުދުންތެރިކަން ކަށަވަރުވުން،” ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އެއާއެކު ގައްދޫ ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަމަކީ އެރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުންކަން ފާހަގަކުރައްވައި ޑރ.މުޢިއްޒުވަނީ އެފަދަ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެ ރަށުގައި ތަރައްޤީކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ގދ މަޑަވެއްޔަށް ވަޑައިގެން ޑރ މުއިއްޒު ވިދާޅުވީ މަޑަވެލީގެ ތަރައްޤީއަށް އެންމެ މުހިއްމީ ބިމުގެ ޖާގަ އިތުރުކުރުން ކަމަށެވެ. ޑރ.މުޢިއްޒު ވިދާޅުވީ އެ ރަށުގައި ތަރައްޤީގެ މަސައްކަތްތަކެއް ހިންގޭނީ ބިމުގެ ޖާގަ އިތުރުކޮށްގެން ކަމުގައެވެ. އެހެންކަމުން އެ ރަށަށް 30 ހެކްޓަރެއްހައި ބިން އިތުރުކޮށްދެއްވުމާއެކު އެތަނުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގައި، ރައްޔިތުންނަށް ގެދޮރު ބިނާކުރެވޭނެ މަގުތައް ފަހިކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.


އެ ރަށުގެ ބަނދަރު ބޮޑުކުރުމަކީވެސް ކުރަންޖެހޭ ކަމެއްކަމަށާއި، އެހެންކަމުން އޭނާގެ ވެރިކަމުގައި މަޑަވެލީގެ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި މަޑަވެލީގައި ބޮޑު ހޮސްޕިޓަލެއް ބިނާނުކުރި ނަމަވެސް ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއެކު، ތައުލީމު ހަރުދަނާކުރުމުގެ ގޮތުން ސުކޫލަށް އިތުރުކުރަންޖެހޭ އިންފްރަސްޓްރަކްޗާ ޤާއިމުކުރައްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ