- Advertisement -ad image

މާރިޔާ އުކާ ގަލުން ޑރ މުއިއްޒު އަޅުއްވާނީ ބްރިޖާއި ފްލެޓް: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ސާލިހުގެ ތަރުޖަމާނު ޑިފެންސް މިނިސްޓަރ މާރިޔާ، ޕީޕީއެމް/ޕީއެމްސީގެ ރިޔާސީ ކެންޑިޑޭޓާއި ދިމާއަށް އުއްކަވާ ގަލުން ޑރ މުއިއްޒު އަޅުއްވާނީ ބްރިޖާއި ފްލެޓް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ރ އަލިފުށީގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ މާރިޔާ ވެސް އިންތިހާބު ނިންމާލާނީ ޑރ މުއިއްޒަށް ވޯޓުލައްވާފައި ކަމަށެވެ.
އަދި ޕީޕީއެމް ޕީއެންސީގެ ފިކުރަކީ ކަންކަން ކުރަން އެނގޭ ފިކުރު ކަމަށާއި ރައްޔިތުން ވެސް ބޭނުން ވަނީ ބާރަށް ތަރައްގީ ގެންނަން އެނގޭ ފިކުރު ކަމަށެވެ.
“ އަޅުގަނޑަށް ޔަގީންވާ ކަމަކީ މިސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުންވެސް ރައީސް ސާލިހަށް ވޯޓު ނުދެއްވާނެކަން. އެބޭފުޅުންވެސް ބޭނުން ވަނީ މި ވެރިކަން ބަދަލު ކުރަންކަން ޔަގީން” ޝިޔާމު ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ރަނިންމޭޓަށް ފާޑު ވިދާޅުވެ ޝިޔާމު ވިދާޅުވީ މެންދުރު 11 ޖަހާއިރު އިރުއަރާ ވެރިން ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އެގޮތުން ރައީސް ސާލިހުގެ ރަނިންމޭޓު އަސްލަމު މަޖިލީހަށް ވަޑައިގަންނަވާނީ 11 ގެ ފަހުން ކަމަށާއި އަސްލަމު ޗެއަރކުރައްވާ ކޮމިޓީތައް ނުބޭއްވި ކޮންމެ ދުވަހަކު އެތައް ވަގުތެއް ގެއްލޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ