- Advertisement -ad image

ބޯވާރޭގައި ނިކުމެ އަލިފުށީ ރައްޔިތުންކީ މަރުހަބާއަށް ޑރ މުއިއްޒުގެ ޝުކުރު

ad image

ގުޅުންހުރި ލިޔުންތައް


ބޯކޮށް ވާރޭ ވެހެމުންދިޔައިރުވެސް ބަނދަރަށް ނިކުމެ އަލިފުށީ ރައްޔިތުން ކީ ހޫނު މަރުހަބާއަށް ޑރ މުއިއްޒު ޝުކުރު ދަންނަވައިފިއެވެ.
ރ އަތޮޅަށް މުހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ޑރ މުއިއްޒު ވަޑައިގަތީ އަލިފުއްޓަށެވެ.
އަލިފުއްޓަށް ޑރ މުއިއްޒު ވަޑައިގެންނެވިއިރު ވަރަށް ބޯކޮށް ވާރޭވެހެއެވެ. ނަމަވެސް އެވަގުތުވެސް ވާރެއާއި ތެމިގެން ގިނަ ބަޔަކު މުއިއްޒު ސަލާމް ކުރުމަށް ސަފުހަދާފައި ތިއްބެވެ.
އަލިފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ ވެރިކަމަށް ކުރިމަތިލީ އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމަށް ކަމަށެވެ.
ޕީޕީއެމް/ ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ މިހާރު ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް، ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވަމުން ގެންދަވާ ވާހަކަތަކަށް ރައްދުދެއްވައި މުއިއްޒު ވިދާޅުވީ އެގޮތަށް ވާހަކަދައްކަނީ ވަރަށް ފިނޑި ބައެއް ކަމަށެވެ.


އަދި ވެރިކަމަށް ވަޑައިގެން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓައި ނުލާނެ ކަމަށާއި ޒުވާނުން ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
“އަޅުގަނޑުމެންނަކީ ތަރައްގީ ހުއްޓާލާނެ ބަޔެކޭ. ޒުވާނުން ވަޒީފާއިން ކަނޑާނޭ. އެކަހަލަ ވާހަކަތައް ދައްކަނީ ވަރަށް ފިނޑި ބައެއް. ފިނޑި އަމަލެކޭ އެއީ. އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމަކީ ނާތަހުޒީބީ އަމަލެއް،” މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން އަލިފުށި އެއާޕޯޓުގެ މަޝްރޫއަކީ އިދިކޮޅުން ވަރަށް ބޮޑަށް ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއެއް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއާޕޯޓާއެކު އަލިފުށީގައި ހިއްކާ ބިމުން ސިނާއީ މަސައްކަތްތަކަށް ބިން ހާއްސަކުރާނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ