- Advertisement -ad image

ރައީސް އޮފީހުން އެންގުމުން ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލް!

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީއެސްއެމުން ކުރިން ބާއްވަން ހަމަޖެއްސި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް އެންމެ ފަހު ވަގުތު ކެންސަލްކޮށްފިއެވެ.
ރިޔާސީ ބަހުސްގައި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ ބަހުސް ކެންސަލް ކުރުމަށް އެކި ގޮތް ގޮތުން މަސައްކަތް ކޮށް ޕީއެސްއެމަށް ޕްރެޝަރު ކުރަމުންދިޔަ ވާހަކަތައް ވަނީ މީޑިއާގައި ތިލަވެފައެވެ.
ޕީއެސްއެމުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތްކަމަށެވެ.
އަދި އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވުމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭކަމަށް އެ ބަޔާނުގައިވެއެވެ.
ޕީ.އެސް.އެމްއިން “ރިޔާސީ ބަހުސް” ބޭއްވުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީ އަންނަމަހުގެ 1 ވާ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ.
ޕީއެސްއެމުން މިގޮތަށް ބަޔާން ނެރުނު ނަމަވެސް މި ބަހުސް ކެންސަލް ކުރީ ރައީސް ސާލިހު ޕްރެޝަރުކޮށްގެން ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ