- Advertisement -ad image

މުއިއްޒު، ރައީސް ޔާމީނަށް އިހްލާސްތެރިވާނެ: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް އިހްލާސްތެރިވާނެ ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރ ދުވާފަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ބޭވަފާތެރިވިޔަސް، މުއިއްޒު ރައީސް ޔާމީނަށް އިހުލާސްތެރިވާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.
ރައީސް ސާލިހުގެ ތަރުޖަމާނު މާރިޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފު ވިދާޅުވީ ޑރ މުއިއްޒު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ހިސާބުން އޭނާގެ މަގްބޫލް ކަމާއި މަޝްހޫރުކަން އަދި ކުރިއާ ހިލާފަށް ރާއްޖޭގެ އެކި ހިސާބަށް މުއިއްޒުގެ ގާބިލް ކަމާއި ހަރުދަނާކަން އިތުވެރުވެގެންދާން ފެށުމުން ފަހަތުން އަޅައިގަންނަ މީހުންތަކެއް އެބަ އުޅޭ ކަމަށެވެ.


އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރ މާރިޔާ ހިމެނޭ ކަމަށާއި މާރިޔާ އުޅުއްވަނީ މުއިއްޒާ އަޅައިގަނެގެން ކަމަށެވެ.
“ އެމްޑީޕީއަކީ ލާދީނީ ބައެއްކަން އަޅުގަނޑުމެންނަށް އިނގޭ. އެހެންވީމަ ސިހުރު ހަދާފައި ހުންނަ މީހެއް ކައިރިއަށް ގޮސް ރުގިޔާ ކިޔަވަންޏާ އެ މީހަކަށް އުނދަގޫވާނެ. މިހާރު މި އުޅެނީ ލާދީނީ ސަރުކާރު ނިމުމަކަށް ގެނެސް އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިސްލާމީ ހަޟާރަތު ފަތުރާނެ ވެރިއަކު ގެންނަށް. އެހެންވީމަ މުއިއްޒު ފެނުނީމަ މާރިޔާއަށް ގޮތެއްވަނީ “ އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މާރިޔާގެ ވާހަކަދައްކަން ވަރަށް ލަދުގަންނަ ކަމަށެވެ. އެއީ އެކަމަނާ ރާއްޖޭގެ ދިފާއީ ވަޒީރު ކަމުގައި ހުންނަވައިގެން ރިޔާސީ ކެނޑިޑޭޓެއްގެ ކެމްޕެއިން ތަރުޖަމާނުކަން ކުރައްވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ