- Advertisement -ad image

ރާއްޖޭގެ އަތޮޅުތަކާއި ހށ ވެސް ރައީސްއަށް އެނގިވަޑައިނުގެންނެވި!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ އަތޮޅުތައް ބެހިފައި އޮންނަގޮތާއި ހށ ވެސް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް އެނގިވަޑައިނުގަންނަވާކަން ހާމަވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރޭ ގދ ތިނަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސާލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ހއ އެއްބުރުން އަދި ހށ އެއްބުރުން ކަމަށެވެ. ނަމަވެސް ހށ ކިޔާ އެއްވެސް އަތޮޅެއް ރާއްޖޭގައި ނޯވެއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ނ، ރ، ބ، ވ، ދ، ތ، ލ، ގއ، ގދ އަދި ޏ ފުވަށްމުލަކު ސިޓީ އެއްބުރުން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އަބަދުވެސް ގެންދަވަނީ ރައީސް ސާލިހަށް ޓެލެޕްރޮމްޓަރ ބޭނުންނުކޮށް އެއްވެސް އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ