- Advertisement -ad image

ރޭސިންޓްރެކް އަޅައިދެއްވާނެ ކަން މުއިއްޒު އިއުލާން ކުރެއްވުމުން، ރޭސިން ޓްރެކެއް އަޅަން މިސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ތިން ސަރަހައްދެއްގައި ބައިނަލްއަގުވާމީ ރޭސިން ޓްރެކް އަޅުއްވާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު އިއުލާނު ކުރެއްވިތާ އެއްދުވަސްފަހުން، ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރަން ޔޫތު މިނިސްޓްރީ އާއި އަރބަންކޯއިން އެއްބަސްވެއްޖެއެވެ.
އެގޮތުން އަރބަންކޯއިން ޔޫތް މިނިސްޓްރީ އާއި އެކު ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ފޭސް 2 ގައި ކަމަށާއި އެގޮތުން ތިލަފުށިން 10 ހެކްޓަރގެ ބިން މި މަޝްރޫއަށް ހާއްސަކުރެވިގެންދާނެ ކަމަށް އަރބަންކޯއިން ބުނެއެވެ.
މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ގއ ވިލިގިނލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ރޭސިންއަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށެވެ. އެހެންވެ، އެކަމަށް ހާއްސަ ރޭސިން ޓްރެކެއް ގާއިމު ކުރައްވާނީ މާލެ ސަރަހައްދުގައި އާއި ދެކުނާއި އުތުރުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“ރޭސިންގ އަކީ ވަރަށް ކުރިއަރަމުން އަންނަ ކުޅިވަރެއް. އެހެންކަމުން އަޅުގަނޑުމެން ކަނޑައަޅާފައި އޮތީ ގްރޭޓަރ މާލޭ ޒޯންގަ އާއި، އުތުރު ޑެވެލޮޕްމަންޓް ޒޯންގަ އާއި ދެކުނު ޑެވެލޮޕްމަންޓް ޒޯންގައި އިންޓަރނޭޝަނަލް ފެންވަރުގެ ރޭސިންގ ޓްރެކް ޤާއިމުކޮށްދިނުން” މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ތިން ޓްރެކް ވެގެން ދާނީ އިންޓަނޭޝަނަލް ފެންވަރުގައި ތަރައްގީ ކުރާނެ ރޭސިން ޓްރެކުތަކަކަށެވެ.
މިއީ ފާއިތުވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 6 މަސް ދުވަހުން އަޅައިދެއްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންނެވި ތަނެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މިއިއްޒުތަ ސޯލިހު ލައްވާ ރައްޔިތުންނަށް ކަންތަށްތަށް ތިކޮންދެނީ މީގުރިން ކީވެބަ ހިޔާލުތަނަވަސް ނުވުމުގެސަބަބަކީތަ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ