- Advertisement -ad image

ކަދުރު ރުއްތަކުގައި އެއްސި ބެނާތައް އެމްޑީޕީން ނުނެގުމުން ސިޓީކައުންސިލުން އެ ނަގައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީގެ މަގުތަކުގައި ހައްދާފައި ހުރި ކަދުރު ރުއްތަކުގައި ހުރި ބެނަރތައް މާލެ ސިޓީ ކައުންސިލުން ނަގައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ އެ ތަނުގެ މުވައްޒަފުން ނިކުމެ ބެނާތައް ނަގަން ޖެހުނީ ކަދުރު ރުއްތަކަށް ގެއްލުންވާނެހެން ކެމްޕޭން ބެނާ ދަމާފައިވާތީ އެފަދަ ބެނާތައް ނެގުމަށް ކައުންސިލުން އެންގި ނަމަވެސް، ނަގާފައި ނުވާތީ ކަމަށެވެ.
ކަދުރު ރުއްތަކަށް އައްސާފައި ހުރީ އެމްޑީޕީގެ ބެނާ ތަކެކެވެ.

މި މަހުގެ 24 ވަނަ ދުވަހު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރިޔާސީ އިންތިހާބު 2023 ގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވާ ޖަހައި ދަމާފައިވާތީ އެކަން ނުކުރުމަށް އެދޭ ކަމަށެވެ.
އަދި ކެމްޕޭން ބެނާ އަދި ދިދަ ދެމުމަށް ނަގަން ޖެހޭ ހުއްދަ ނެގުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.
އެ ކައުންސިލުން ބުނީ ބެނާ އަދި ދިދަ ދެމުމުގެ ހުއްދަ ދެވޭނީ ހޮޅިދަނޑިތަކުގައި އެކަނި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ