- Advertisement -ad image

ޑރ މުއިއްޒުގެ ކެމްޕެއިން ޕީޕީއެމް/ޕީއެންސީން ހިންގަނީ ރައީސް ޔާމީންގެ ފުރިހަމަ އިރުޝާދުގެ ދަށުން: ޝުޖާއު

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޕީޕީއެމް/ޕީއެންސީން ހިންގަނީ ރައީސް ޔާމީނުގެ ފުރިހަމަ އިރުޝާދުގެ ދަށުން ކަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
މުއިއްޒުއަކީ މަގުބޫލުކަން ކުޑަ ބޭފުޅެއްގެ ގޮތުގައި ރައީސް ޔާމީނު ސިފަކުރެއްވި ކަމަށް ބުނެ ނޫހެއްގައި ޖަހާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި ޝުޖާއު ވިދާޅުވީ އެއީ މުޅިން ހަޤީގަތެއްނެތް ދޮގު ވާހަކަ އެއް ކަމަށެވެ.
‏އަދި ރައީސް ޔާމީންގެ ރުހުމާ ތާއީދާއެކު އެމަނިކުފާނު އެންޑޯސްކޮށް ނެރުއްވާފައިވާ ރިޔާސީ ކެނޑިޑޭޓް ޑރ މުއިއްޒު މިއިންތިޚާބު އެއްބުރުން ކާމިޔާބު ކޮށްފާނެތީ މިސަރުކާރުން ރާވައިގެން ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ހަޤީގަތާއި ހިލާފް ވާހަކަތައް ފެރުތުމަކީ އަޅުގަނޑުމެންގެ ކެނޑިޑޭޓްގެ އިންތިޚާބީ ހައްޤުތަކަށް އަރައިގަތުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.


“ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން. ޑރ މުއިއްޒުގެ ކެމްޕެިއިން މިދެޕާޓީން މިހިންގަނީ ރައީސް ޔާމީންގެ ފުރިހަމަ އިރުޝާދުގެ ދަށުން” ޝުޖާއު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ